ފޮޓޯ: ވިކީމީޑިއާ ކޮމަންސް
ފޮޓޯ: ވިކީމީޑިއާ ކޮމަންސް
އުތުރާއި މެދުރާއްޖެ ތެރެއަށް ވައި ނުސާފު ވެފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.



ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ޚާއްސަކޮށް މެދުރާއްޖެެތެރޭގެ ސަރަހައްދަށް މި މިންވަރު 5 ކިލޯމީޓަރް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން