އިންތިހާބީ މޭޔަރު އާދަމް އާޒިމް ސިޓީކައުންސިލްގެ އިދާރީ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މާލޭ ސިޓީކައުންސިލުން ބުނީ އިންތިހާބީ މޭޔަރު ސިޓީކައުންސިލްގެ އިދާރީ އިސްބޭފުޅުންނާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ މެނޭޖްމަންޓާއެކު އާޒިމް މިއަދު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ކައުންސިލްގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ހުރި ބައެއް މައްސަލަތަކަށް އިންތިހާބީ މޭޔަރު އެޑްރެސް ކުރެއްވި ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ މޭޔަރު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން އާދަމް އާޒިމް ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް އާޒިމާ ޝަކޫރާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެެވެ. މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހުނީ ކުރިން އެމަގާމުގައި ހުންނެވި ޑރ.،މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަަމަށް އިންތިހާބުވެ މަގާމާއި ހަވާލުވެވަޑައިގަތުމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން