މާލޭ ސަރަހައްދުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ފަށައިފި އެވެ.

ޒަކާތު ހައުސް އިން މިއަދު ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސަރަހައްދުން އަލަށް ރަޖިސްޓްރީވުމަށް އެފޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާފައިވާ ކަަމަށެވެ.

އެގޮތުން މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ. ފޯމް ހުށައެޅޭނި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ.

މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޒަކާތު ހައުސްގެ ކައުންޓަރުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1443 ވަނަ އަހަރު މުޅިރާއްޖޭގައި ތިބީ 9041 ފަޤީރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން