އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   16 ޖެނުއަރީ 2024 - 0:10
މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން "ޖެންޑާ ސީލެއް" ނުވަތަ ނިޝާނެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ސޯޝަލް ސާވިސް ކޯޑިނޭޓަރ، މަރިޔަމް ރާޔާ އަހްމަދް ވިދާޅުވިގޮތުގައި އެވުޒާރާއިން މި ނިޝާން ތައާރަފުކުރުމަށް ނިންމާފައިވަނީ ވަޒީފާދޭ މާހައުލުތަކުގައި ހަމަހަމަކަން ގާއިމުކުރަން ބާރުއެޅުމުގެ ގޮޮތުންކަަމަށެވެ.

ރާޔާ ވިދާޅުވިގޮތުގައި މި މަސައްކަތް އަމާޒުކުރަނީ ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކުގެ އިތުރުން ކުންފުނިތަކަށް ކަމަށެވެ. މީގެއިތުރުން ޕްރައިވެޓް ސެކްޓާގެ ދަށުން ހިންގާ ކުންފުނިތަކަށްވެސް މި ނިޝާންދީ މިންތީގެ ސާޓިފައިވުމުގެ ފުރުުސަތު ލިބޭނެކަމަށް އޭނާ ވިދާލުވެފައިވެ އެވެ.

މިނިސްޓްރީން ޖެންޑާ ސީލްއެއް ގޮތަށް މި ނިޝާން ތައާރަފުކުރަނީ ރާއްޖޭގެ އިދާރާތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމަށްކަމަށްވެސް ރާޔާ ވިދާޅުވި އެވެ. އެގޮތުން މި ނިޝާން ލިބޭ އިދާރާތަކަކީ ހަމަހަމަކަމަށް ބާރުއަޅާ ތަންތަނުގެ ގޮތުގައި ފާހަނގަވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"[މި ނިޝާނަކީ] މިންތީގެ ހަމަހަމަކަމަށް ބާރުއަޅާ ޖެންޑާ މެއިންސްޓްރީމް ކުރަން އެކި އެކި މަސައްކަތް އެ އިދާރާއެއްގަ އިސްކަންދީގެން ކުރާ ތަންތަން ފާހަނގަކުރުމަށް ދެވޭ ނިޝާނެއް،" ރާޔާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން