އަރަބިއްޔާ ސްކޫލްގައި ހުރިހާ މާއްދާއެއް ކިޔަވައިދޭން ދިިވެހި ޓީޗަރުން ތަމްރީން ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން ތަމްރީން ކުރަން ފަށާނެކަން ހާމަ ކުރައްވައި އޭގެ ކުޑަ ތަފްސީލެއް ދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް އެކި ސްކޫލުތަކުގައި އިނގިރޭސި މާއްދާތައް ކިޔަވައިދެނީ ދިވެހި ޓީޗަރުން ކަމަށެވެ. އެހެން ނަމަވެސް އަރަބި ބަހުން ކިޔަވައިދޭ ދިވެހި ޓީޗަރުން މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އަރަބި ގަައުމުތަކުގެ އެހީގައި އަރަބި ބަހުން ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ދެކެ ވަޑައިގަންނަވާ ގޮތުގައި އޭރުން އަހަރަކު އަރަބި ބަހުން ކިޔަވައިދެވޭ ވަރަށް ތިނެއް ނޫނީ ހަތަރު ޓީޗަރުން ތަމްރީން ކުރެވޭނެ އެވެ.

އަރަބިއްޔާގައި އިނގިރޭސި ދިވެހި ފަދަ މާއްދާތައް ފިޔަވައި ދެން ހުރިހާ މާއްދާތައް ކިޔަވައިދެނީ އަރަބި ބަހުން ނެވެ. ނަމަވެސް ޓީޗަރުން ލިބުމުގައި ދަތިތައް ދިމާވެ އެވެ.

އެގޮތުން އެ ސްކޫލަށް އަރަބި ޓީޗަރުން ނުލިބިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިސްރަށް ވަފުދަކާއެކު ވަޑައިގެންނެވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިހުމާލުވެފައި އޮތް އަރަބިއްޔާއަށް އަހައްމިއްޔަތުކަމެއް ދޭން ވަނީ ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން