ވަކި މާއްދާއެއްގެ ގޮތުގައި "ގައުމިއްޔަތު" ކިޔަވައިދޭން އެންމެ ފުރަތަަމަ ފަށާނީ ގްރޭޑް ހަތަރަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭން ތެރޭގައި ވަނީ ވައުދުވެވަޑައިގެންފަ އެެެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ގައުމިއްޔަތު މާއްދާ ރަސްމީކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން އެ މާއްދާ ފުރަތަމަ ކިޔަވައިދޭން ފަށާނީ "ޕައިލެޓް" ޕްރޮޖެކްޓެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އެ މާއްދާ ކިޔަވައިދޭން ފަށާނީ ގްރޭޑް ހަތަރަަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއިން ފެންނަ ނަތީޖާއަށް ބެލުމަށް ފަހު ފަހުން ރަސްމީ މަންހަޖުގައި ހިމަނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް އެ މާއްދާ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކިޔަވައިދޭން ފަށާނެ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މާއްދާ ކިޔަވައިދޭން ފެށުމަށް މުގައްރަރު އެކުލަވާލުމަށް ފަންނީ ލަފާވެސް ހޯދައިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން