ތޫނު އެއްޗެއް ބޭނުންކޮށްގެން ފޭރުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 33 އަަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މާލެއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރުޮށް ބަންދާމެދު ގޮތެއް ނިންނަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އެ މީހާ ބަންދު ކުރުމަށެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ އަނިޔާވި މީހާ ޑޮކްޓަރަށް ދެއްކި ލިޔުންތަކާއި އަދި ހައްޔަރުކުރި މީހާގެ ގެ ބަލާ ފާސްކުރި އިރު ފެނުނު ތަކެތި ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފުލުހުން އަތުލައިގަތީ އޭނާ އަތުލައިގަތުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާ ފޭރެމުން ދިޔައީ ބޮލުގައި ހުޑެއް އަޅައިގެން މާސްކަކާއި އައިނެއް އަޅައިގެން ކާކުކަން ނޭނގޭ ގޮތަށް ފިހާރަތަކަށް ވަދެއެވެ. އޭނާ ސޭޓުންނަށް ވަޅިން ބިރުދައްކައިގެން ގިނަ ފިހާރަތަކަކުން ފޭރިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން