އަހުޒަމް އަޙްމަދު   16 ޖެނުއަރީ 2024 - 18:30
ސީރިއާއަށް ދިޔަ ފަސް އާއިލާއެއް އެނބުރާ ރާއްޖެ ގެނެސްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ތުރުކީއާއި ސީރިއާ ބޯޑަރުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހިފައި ތިބި ކަމަށާއި އެ މީހުން އަނބުރާ ރާއްޖެ

އަންނަން ބޭނުންވާކަން އެނގުމުން އެ މީހުން ގެނައުމަށް މި ސަރުކާރުން މަސައްކަތް ފެށި ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ޒިޔާރަތުގައި ވެސް އޭގެ މަޝްވަރާތައް ކުރެއްވި ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެހެންވެ އެކަމަށް ބޭނުންވާ ފަންޑް ހޯދާ 14 ޖެނުއަރީގައި 15 މީހުންގެ ޓީމެއް ތުރުކީއަށް ފޮނުވި ކަމަށާޢި އޭގެ ތެރޭގައި ސައިކޯ ސަޕޯޓް ދޭނެ ބޭފުޅުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދިތަހުގީގު ޓީމުގެ ބޭފުޅުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަދި ހާލުގައި ޖެހުނު ފަސް އާއިލާ ރޭ ފަތިހު ރާއްޖެ ގެނެސްފައިވާ ކަަމަށް ވަޒީރު އިހުސާން ވިދާޅުވެފައި ވެއެވެ.

"އޭގެ ތެރޭގައި ހިމެނެނީ 21 މީހެއް ފަސް އާއިލާއަކަށް ނިސްބަތްވާ. އޭގެ ތެރޭގައި 15 ކުޑަކުދިންނާއި ހަ ބޮޑެތި މީހުން ހިމެނޭ. އެ ހަ މީހުންގެ ތެރޭގައި ފަސް މީހުންނަކީ އަންހެނުން. ދެން ފިރިހެނެއް. 18 އަހަރު ނުފުރޭ ހުރިހާ ކުދިންވެސް، ނިސްބަތްވަނީ މި ފަސް އަންހެނުންނަށް. އޭގެ ތެރެއިން އަޅުގަނޑުމެންނަށް ޑީއެންއޭގެ ޒަރިއްޔާއިން ކަށަވަރު ކުރެވުނު މި ކުދިންގެ މަންމައިންނަކީ އެ ފަސް އަންހެނުން ކަމަށް" އިހުސާން ވިދާޅުވި އެވެ.

ރާއްޖެ ގެނައި ކުޑަކުދިންގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކުވެސް ހިމެނޭ ކަަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރާއްޖެ ގެނައި މީހުން މެޑިކަލް އެސެސްމަންޓް ހަދާ ހިންމަފުށީގައި ހުންނަ ނެޝެނަލް ރީއިންޓަގްރޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން