ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހީން އަދިވެސް އުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެެވެ.

ސީރިއާއަށް ހަނގުރާމައަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހިގެން ރާއްޖެ ގެނައި މީހުންނާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އެގޮތަށް ހަނގުރާމަތަކުން ގެނެވޭ ގިނަ މީހުންނަކީ ކުޑަކުދިން ކަމަށެވެ. އަދި މި ފަހަރު ގެނައި ކުދިންގެ ތެރޭގައި

ތިން އަހަރުގެ ކުއްޖަކުވެސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަދި އެހާ ޅައުމުރުގައި އެހާ ނާޒުކު މާހައުލެއްގެ ތެރޭގައި އެކުދިން އުޅެން ޖެހުމުން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެހެންކަމުން ކޮންމެ ކުއްޖަކަށް ވެސް ލިބެދޭން ޖެހޭ ހައްގުތައް އޮންނައިރު އެ ކުދިންނަށް ވެސް ހައްގުތައް ހޯދައިދިނުމަށް ދައުލަތުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ސީރިއާ ފަދަ ގައުމުތަކަށް ދާ ދިވެހީން ހާލުގައި ޖެހޭއިރު މިހާރުވެސް އެފަދަ ތަންތަނަށް ދާން ބޭނުންވާ ދިވެހީން އުޅޭކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިވަގުތުވެސް އަޅުގަނޑުމެންނަށް ތަހުގީގުތަކާ އެކިއެކި އިންޓެލިޖެންސް ރިޕޯޓްތަކުން މައުލޫމާތު ލިބޭ ބޭރުގެ ހަނގުރާމަތައް ހިނގަމުންދާ ސަރަހައްދުތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހީން އުޅޭކަން." އިހުސާން ވިދާޅުވި އެވެ.

އެކަމަކު އެފަދަ ތަންތަނަށް ގޮސް ދިވެހި އާއިލާތަކަށް ޖެހޭ ހާލު ދިވެހީން ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފިރިހެންވެރިން ބައެއް ފަހަރު މިކަހަލަ ކަންކަމުގެ ތެރޭގައި ނިޔާވެ އޭނާއާއެކު ގެންދާ އަނބިދަރިން ޖެހޭ ހާލު. އެތަނުގައި އުފަންވާ ކުޑަކުދިންަނށް ޖެހޭ ހާލު." އިހުސާން ވިދާޅުވި އެވެ.

އެހެން ކަމުން ދިވެހި އެއްވެސް މީހަކު ތުއްތު ކުދިންނާއި އަންހެން ވެރިންނަށް އެފަދަ ހާލެއްގައި ނުޖެއްސެވުމަށް އިހުސާން ގޮވާލެއްވި އެވެ. އަދި ހަނގުރާމައަށް ދާން ބޭނުންވާ ހިޔާލު ގެންގުޅޭ މީހުންގެ މައުލޫމާތުވެސް ހިއްސާ ކުރެއްވުމަށް އިހުސާން އެދިވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން