ޒަހީނުއްދީން ސަޢީދު   17 ޖެނުއަރީ 2024 - 1:48
މާލޭ ސިޓީގެ ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ ސަބްދެލި މަގު މިއަދު ހުޅުވާލައިފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ބޮޑުތަކުރުފާނު މަގާއި ކަނބާ އައިސަ ރަނި މަގާއި ދެމެދުގައި އޮންނަ ސަބްދެލި މަގު މިހާރު ހުޅުވާލާފައިވާ ކަަމަށެވެ.



މީގެ ހަތް އަހަރު ކުރިން ބަންދުކުރި ސަބުދެލި މަގު ހުޅުވާފައި ވަނީ އެތަނުގައި ހުރި ތަކެތި ނަގާ، އަލުން ގާ އަތުރައިގެން މަގު ހެދުމަށް ފަހުގައެވެ. އެ މަސައްކަތް ކޮށްފައިވަނީ ހައުސިން މިނިސްޓްރީ އާއި އާރްޑީސީ ގުޅިގެންނެވެ.

ސަބްދެލި މަގު ބަންދު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ތެރޭގައެެވެ. އެ މަގު އޭރު ބަންދު ކުރީ އެތަނުގައި ރިސޯޓް ކޮންސެޕްޓަށް ތަރައްގީ ކުރަން އުޅުނު މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ކަމަށް ސަރުކާރުން ބުނެފައިވެެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން