ހުޅުދޫއަށް ވަކި ރަށު ކައުންސިލެއް ލިބެން ޖެހޭ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާ ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަޙްމަދު ޝަރީފް މިފަދައިން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްއާއިއެކު އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށްފަހުގައެވެ.



އައްޑޫ ސިޓީ ކައުންސިލު ބައްޓަންވެފައި އޮތް ގޮތުން ސ. ހުޅުދޫއަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފާއިއެކު ކުރެވުނު މަޝްވަރާގައި ހުޅުދޫއަށް ވަކި ރަށު ކައުންސިލެއް ލިބެންޖެހޭ ކަމަށް މިނިސްޓަރވެސް ޤަބޫލުކުރައްވާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށްވެސް ހުޅުދޫގެ ލޭންޑް ޔޫޒް ޕްލޭން ނުނިމި އޮތް މައްސަލަވެސް ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އެއާއެެކު، މުޅި އައްޑޫ ސިޓީގެ އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު އެކަހެރިކޮށް އޮތް ހުޅުދޫއަށް ކުރަމުންދާ މައްސަލައިގައި މަޝްވަރާވެސް ކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ވަނީ މިއަދު މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާއިވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަން ޕްރޮމޯޓް ކުރުމަށާއި އައްޑޫ ސިޓީ ހުޅުދޫގެ ދަނޑުވެރިންނަށް އެހީ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން