މާލެ ސިޓީ ތަރައްގީކޮށް ރައްޔިތުން އުޅޭހިތުން އުޅޭ ސިޓީއަކަށް ހެދުމަކީ، ތަސައްވަރެއް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އިންތިހާބީ މޭޔަރު އާދަމް އާޒިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ⁦ޑރ. މުހައްމަދު މުއިއްޒު އޭނާއަށް ގުޅުއްވާ ތަހުނިޔާ ވިދާޅުވެ އަދި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ ވެއެވެ.



އަދި އޭނާގެ ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން، ރައްޔިތުންގެ ހިޔާލާއިއެކު މާލެ ސިޓީ ތަރައްގީކޮށް ރައްޔިތުން އުޅޭހިތުން އުޅޭ ސިޓީއަކަށް މާލެ ސިޓީ ހަދާ ދިނުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެންމެން ގުޅިގެން އެއްބައިވަންތަކަމާއިއެކު މަސައްކަތްކުރުމަކީ އެންމެން އެދިއެދި ތިބި ހިތްފަސޭހަކަމާއި، ފަހިކަން މާލެ ސިޓީއަށް ގެނައުމަށް މުހިއްމު ކަމެއް ކަން އާޒިމް ފާހަގަކުރެެއްވިއެވެ.

މީގެ އިތުރުން އާޒިމް ވަނީ ރައްޔިތުން އޭނާއަށް އިތުބާރުކުރައްވާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުމުގައި ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

އިންތިހާބީ މޭޔަރު ހުވާކުރައްވައި ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން