މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ގޮސް ފިހާރައަކަށް ވަދެ މީހަކަށް އަނިޔާވެއްޖެއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ނިކަގަސްމަގުގައި ހުންނަ އިކޯ ޕެކްސް ކިޔާ ފިހާރައިގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސް އެ ފިހާރަ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ އިރާކޮޅު ވަގުތެއްގައި ކަމަށާއި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުނެފައިވެއެވެ.

މިއެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެ އިދާރާގެ ބަހެއް ލިބިފައިނުވާތީ އެ މައުލޫމާތު އަދި ސާފުވާގޮތެއް ނުވެއެވެ.

މިއެކްސިޑެންޓް ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން