ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވަން ނިންމައިފިއެވެ.

ޕީއެންސީ / ޕީޕީއެމުން މިރޭ ބުނީ މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީހު މި މަހުގެ 27 އަށް ފަސްކޮށްފައިވާ ކަމަށެވެ. މީގެ ކުރީން ޕްރައިމަރީ ބާއްވާ ގޮތަށް އޮތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ޕީއެންސީ / ޕީޕީއެމުން ވަނީ މަޖިލިސް ޕްރައިމަރީ ބާއްވާނެ ތާރިހު ކަނޑައެޅުމަށްފަހު ވޯޓާސް ލިސްޓު ވެސް އާންމުކޮށްފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންގެ ވޯޓާސް ލިސްޓް ޕީއެންސީގެ ވެބްސައިޓް ގައި އާންމު ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފައި ވެއެވެ. ނަމަވެސް އެ ވެބްސަައިޓަަށް ވަނުމުގައި ވަނީ ދަތިތަކެއް ދިމާވެފައެވެ.

ޕީއެންސީން ބުނީ ވެބްސައިޓަށް ވަނުމަށް ދިމާވެފަައިވާ މައްސަލަ ހައްލު ކުރަމުންދާ ކަމަށެވެ.

ޕީއެންސީން ވަނީ ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ހުރިނަމަ މައްސަލައިގެ ތަފްސީލާއެކު ލިޔުމުން ހުށައެޅުމަށް އިލްތިމާސްކޮށްފައެވެ. އެ ފުރުސަތު އޮންނާނީ އަންނަ ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިންނެެވެ.

މި ތާރީހުގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާ އެއް ބަލައިނުގަނެވޭނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން