ފޮޓޯ: ވަގުތު
ފޮޓޯ: ވަގުތު
ރާއްޖޭގައި ފެން ފޯރުކޮށްދިނުމުގެ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި އެންމެ އިތުބާރާއެކު ދެމުން ގެންދާ ތާޒާއިން އެ ކުންފުނީގެ ފެނަށް އޯޑަރު ކުރުމަށް ހާއްސަ އެޕްލިކޭޝަނަކާއި ވެބްސައިޓެއް ލޯންޗް ކޮށްފިއެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި މިވެބްސައިޓު ލޯންޗް ކޮށްދެއްވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއާމަން އަބުދުލް މަތީން މުހައްމަދު އާއި އެ ކުންުފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމެވެ.

އައިބީއެމް އިން ބުނީ މި ވެބްސައިޓާއި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެނަށް އޯޑަރު ކުރެވޭނެ ކަމަށާއި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ އޯޑަރުތައް އަދި ޑެލިވަރީގެ ހިދުމަތްތަށް ފަސޭހަވެ، ކަސްޓަމަރުންނަށް ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އެންމެ ބޮޑު އިންގިލާބީ ފީޗާއެއްގެ ގޮތުގައި "ރިއަލް ޓައިމް އޯޑަރިން" ގެ ފަންކްޝަންވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނައިރު، މީގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައިވެސް އޯޑަރު ތަކުގެ ސްޓޭޓަސް ބަލާލެވޭނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި އައިބީއެމްގެ ޗެއާމަން އަބުލް މަތީން މުހައްމަދު ވިދާޅުވީ މި ހިދުމަތުގެ ބޭނުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތް ފަސޭހަ އަދި އަވަސް ކުރުން ކަމަަށާއި، މިއީ ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތާޒާ ފެން ފޯރުކޮށްދެމުންދާއިރު، އެ ކުންފުންޏަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ތާޒާ ފެނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބައިނަލްއަގުވާމީ ފެންވަރަށް، އުފައްދާ ބަންދުކޮށް ކޮންމެ ފެންފުޅިއެއްގެ ކޮލިޓީ ކަށަވަރު ކުރެވިގެން އާންމުންނާއި ހަމައަށް ފޯރުކޮށްދޭ ޕްރޮޑަކްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން