އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޝެއިޙް އުސްމާން އަބްދުﷲގެ ނަމުން ޒަކާތު ފަންޑަށް ނަން ދިނުމާމެދު ވިސްނަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޯލަރޝިޕަށް (ޝައިޚު އުސްމާން ޢަބްދު ﷲ ގެ ހަނދާނީ ސްކޮލަރޝިޕް)ގެ ނަމުން ނަން ދިނުމަށް ޒަކާތު ކައުންސިލުން

ނިންމާފައިވާތީ އެކަމާ މެދު ހިޔާލު ބޭނުންވާ ކަމަށެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ހިޔާލު ދިނުމަށް ވެސް ޝަޙީމް އެދިވަޑައިގެންނެވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އަވަހާރަވި ޝައިހް އުސްމާން ވަނީ ޒަކާތާއި ބެހޭ އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި ދިގު މުއްދަތެއްގައި މަސައްކަތް ވެސް ކުރައްވައިފަ އެެވެ.

އޭގެ އިތުރުން އޭނާ ވަނީ ރޭޑިއޯއާއި ޓީވީން ތަފާތު ދީނީ ދަރުސް ދެއްވުމާއި، ޒަކާތާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން