ތަކުރާރުކޮށް ވަގަށް އަނބު ބިނދެގެން ހައްޔަރުކުރާ މީހާގެ މަސްތުވާތަކެތީ ރެކޯޑްތަކެއް އޮންނަ ކަމަށާއި އޭނާ އެކަން ކުރަނީ ފައިސާ ހޯދަން ކަމަށް ބެލެވޭ ކަމަށް "ރަސް"އަށް މައުލޫމާތު ލިބިއްޖެ އެވެ.

ތީމުގެއާއި އެކި ތަންތަނުން އަނބު ބިނދެގެން ހައްޔަރުކުރުމުގެ ރިކޯޑް އޮތް ނ. މާޅެންދޫ، އަޒްނީފް މުހައްމަދު މި ފަހަރު ހައްޔަރުކުރީ އިންޑިއާގެ ހައި ކޮމިޝަންގެ ކުރީގެ އިމާރާތް ހުންނަ ހ. އަތިރީގޭގެ ފުރާޅު މަތިން ނެވެ. މިއީވެސް އަނބުގަސް ހުންނަ ތަނެކެވެ. އެ މައްސަލައިގައި އޭނާގެ

ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އެހާ ގިނައިން ތަކުރާރުކޮށް އަނބު ބިނދެގެން އަޒްނީފް ހައްޔަރުކުރާތީ އެކަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދެކުނީ ޖޯޖެއްގެ ގޮތުގަ އެވެ. އަދި އޭނާ އަނބަށް ދެވި ހިފައިފައި ހުރީ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ނަމަވެސް "ރަސް"އަށް މައުލޫމާތު ދިން މާޅެންދޫގެ ބައެއް މީހުން ބުނީ އޭނާއަކީ މަސްތުވާތަކެތި އަދި ވައްކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި ބޮޑަށް ބެލެވެނީ އަނބުތައް ބިނދެގެން ވިއްކަނީ ކަމަށެވެ.

މެދު އުމުރުގެ ދުވަސްތައް ގުނަމުންދާ އަޒްނީދް މިދިޔަ ޑިސެމްބަރު މަހު ހައްޔަކުރީ 200 އެއްހާ އަނބު ބިނދެގެން އެ ހިފައިގެން އުޅެނިކޮށެވެ.

ބާޒާރުގައި އަނބުގެ އަގު 10 ރުފިޔާއަށް އެވްރެޖޮްކޮށް އުޅޭއިރު 200 އެއްހާ އަނބު ވިއްކާލައިގެން ވެސް އޭނާއަށް 2000 ރުފިޔާ ވަރު ލިބޭނެ އެވެ.

އާންމުކޮށް ވަގުން އެއްޗެހި ނަގައިގެން ނުއަގުގައި ވިއްކުމަކީ މިހާރު ވަރަށް އާންމު ކަމެެކެވެ.

އަޒްނީފް މިހާތަނަށް 40 އެއްހާ ފަހަރު ވަނީ ހައްޔަރުކޮށްަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން