ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލިސް ރައީސް އަދި ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރަން އެދިވަޑައިގެންފައިވާތާ އެތައްމަހެއް ވެގެންދިޔައިރުވެސް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޞާލިހު ރައްޔިތުންގެ ކުރިފުޅުމަތީގައި ޞާލިހު ވާންވެގެން އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިނަމަވެސް އެއީ އެއްވެސް އިހުލާސްތެރިކަމާއެކު ދެއްކެވި ވާހަކަފުޅެއް ނޫންކަމަށެވެ.

މިސަރުކާރުގެ ވެރިންނަކީ މަޝްވަރާއާއި، ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް އެގިވަޑައިގަންނަވާ ބޭފުޅުން ނޫންކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ސާލިހާއި ބައްދަލުކުރަން އެދިވަޑައިގެން ސިޓީއެއް ފޮނުވިތާ 3 މަހަަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ. އަދި ދައުލަތުގެ އެކި ވެރިންނާއި ބައްދަލުކުރަން އެދިވަޑައިގެންފައިވާތާ އެތައްމަހެއް ވެފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ދީފައި ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރާއްޖޭގެ އިދިކޮޅުގައި މިތިބީ ޕީޕީއެމް، ޕީއެންސީ. އަޅުގަނޑުމެން ރައީސް ޞާލިހާއި ބައްދަލުކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ 3 މަސްދުވަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. ހޯމް މިނިސްޓަރާއި ބައްދަލުކުރަން އުޅޭތާ ތިންމަސް ދުވަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. ޕޮލިސް ކަމިޝަނަރާއި ބައްދަލުކުރަން އެދިގެން އުޅޭތާ ތިންމަސް ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ. ކަރެކްޝަން ސާވިސްއާއި ބައްދަލުކުރަން އުޅޭތާ ތިންމަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. މަޖިލިސް ރައީސްއާއި ބައްދަލުކުރަން އުޅޭތާ 6 މަސްވެއްޖެ، ޖަވާބެއް ނުދެއްވާ." ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

މިނިވަން ދުވަހުގައި ޤައުމާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއި އެކުގައި މަސައްކަތްކުރަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވާފައެވެ.

ޤައުމުގެ އެތެރޭގައި ހިނގާ ކަންކަމުގައި ސިޔާސީ ވާދަވެރިކަން އިންތިހާއަށްބޮޑުވެ، ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައިވެސް ސިޔާސީ ވާދަވެރިކަން އިސްކުރުމަކީ ޤައުމަށް ފައިދާވާނެ ކަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސިޔާސީ ފިކުރު ތަފާތުވި ކަމުގައި ވީނަމަވެސް އެންމެން ގުޅިގެން އެކުގައި މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދުމަކީ ޤައުމަށްވެސް ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


11

މަސީހު

28-Jul-2020

ބޮޑެތި ވަގުންތައް މޮޔަވެގެން ތެޅިފޮޅެނީ


6

ހަސަނު

28-Jul-2020

އަދުރޭ މެން ތިޔަތިބީ ހޭބަލިވެފަތަ ނޫނީ ބޯ ބުރާންތި ވެފަ ތަ ބަލަ ކޮވިޑު ހާލަތުގަ ރައީސް ކިހިނެތް ކަލޭމެން ކިތައްމެ ފެލުނަސް ބައްދަލު ކުރާނީ ހުވާ ހަމަ ހޭބަލިވަނީ ތިބެގެން


-16

އިބްރާހިމް

28-Jul-2020

ގައުމްހަލަބޮލިކުރަން.އެއްވެސްބަޔަކައް.ފުރުސަތެއްނެއް


-14

ޢަދިލް

28-Jul-2020

ވަގަކު މިނިވަންކުރަން ވާހަކަދައްކަން ؟؟؟ އެއަށްވުރެ މުހިތްމު ކަންތަށް އެބަހުރި.


9

މަހާރި

28-Jul-2020

އަދުރޭ މެން ވެރިކަމާހެދި ބޫތުކައިގެން ބޮނޑުބައްޔެއް އުޅޭކަން ފައިސާއާހެދި ބޯތުކައިފަ ހުރިވަރުން ނޭގުނަސް މިދުވަސްވަރު މީހުންނާ ބައްދަލެއް ނުކުރާނެނު އިދިކޮޅަކާވެސް އަދުރޭމެން ފައިސާގެ ދަހިވެތިކަމުގަ އުޅުނަސް



ޓްރެންޑިން