ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ލިމިޓެޑުން ހުޅުމާލޭގައި ފަށާ "ހިޔަލަ ވީކެންޑް މާކެޓް"ގައި ބައިވެރިވުމުގެ ފުރުސަތު އަންހެން ވިޔަފާރިވެރިންަނަށް ހުޅުވާލައިފި އެވެ.

"ހިޔަލަ ވީކެންޑް މާކެޓް"އަކީ ސަރުކާރުން އެކަށައަޅާފައިވާ 14 ހަފްތާގެ މަގުޗާޓުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ބާއްވާ މާކެޓެކެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނަ މި މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އެކަމަށް ޓަކައި ފޯމު ހުށަހެޅުމާއެކު ދަފްތަރު ކުރެވިގެންދާނެ ކަމަށް ބީސީސީން ބުނެއެވެ.

އަދި ކޮންމެ ހަފްތާއެއްގައި ވެސް އެ ކިއޮސްކްތަކަށް ވިޔަފާރިތައް ހޮވާނީ ދަފްތަރު ކުރެވިފައިވާ ތަރުތީބުން ކަމަށް ވެސް ބީސީސީން ބުނެއެވެ.

ބީސީސީން ބުނީ ކިއޮސްކްތައް ދޫކުރަނީ ކޮންމެ ހަފްތާ ބަންދަކަށް 300 ރުފިޔާގެ ޜޭޓުން ކަމަށެވެ. އަދި ކުއްޔަށް ދޫކުރާނީ 63 އަކަފޫޓުގެ 10 ކިއޮސްކް ކަމަށް ވެސް ބީސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން