ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
ހއ. ދިއްދޫގެ ފެނަކަ މުވައްޒަފުން ވަކިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު އެވެ.

ފެނަކައިގެ 57 މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުން އެ މީހުން ދަނީ އިހުތިޖާޖެއް ކުރަމުން ނެވެ.

އެހެންވެ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އޭގައި ބުނެފައިވާ ގޮތުގައި އެ މުވައްޒަފުން ވަކިކުރީ އެއްވެސް ނޯޓިސްއަކާ ވެސް ނުލަ އެވެ. އަދި އޭގެ ސަބަބުން އެ މީހުންގެ އާއިލާތަކަށް ވެސް ނިކަމެތިކަން ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެހެންވެ މައްސަލަ ހުށަހެޅުއްވި މެމްބަރު އަބްދުﷲ އެދިވަޑައިގެންފައި ވަނީ އެކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށެވެ. އަދި އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

މުވައްޒަފުންގެ މައްސަލައިގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އެ މުވައްޒަފުންނަކީ ޕަވަރ ހައުސް ކޮންސްޓްރަކްޝަނަށް ނަގާފައިވާ ވަގުތީ މުވައްޒަފުން ކަމަށެވެ. އަދި އެ މީހުން ވަކިކުރީ ކޮންޓްރެކްޓް ހަމަވެ ކުރާނެ މަސައްކަތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިވަގުތު ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތުމާއެކު ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ ކަމަށެމް އެމްޑީ ވިދާޅުވިއެވެ.

ކޮންޓްރެކްޓް އުސޫލުން އޮފީސްތަކާ ކުންފުނިތަކަށް ނަގާ މީހުންނަކީ އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އާނުކުރާނަމަ ވަޒީފާ ނިމުނަކަށް އަންނަ ވަގުތީ މުވައްޒަފުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން