ރުގުޔާ ކުރުމުގެ ނަމުގައި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކެޑަމީން އިލްތިމާސްކޮށްފި އެވެ.

އެ އެކެޑަމީން ކުރި އިއުލާނެއްގައި ބުނީ މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މީހުން އެފަދަ މީހުންގެ ކައިރިއަށް ދަނީ ހުއްދަ ރުގްޔާގެ ނަމުގައި އެހީ ލިބިގަތުމަށް ކަމަށް ވެސް އެކަޑަމީން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ރުގްޔާގެ ނަމުގައި ފަންޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމެއްކަަން ފިގުހު އެކެޑަމީން ހަނދާންކޮށްދީފައި ވެއެވެ.

"އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ." ފިގްހު އެކަޑަމީން ކުރި އިއުލާނުގައި ބުނެފައި އެވެ.

ރާއްޖޭގައި ރުގުްޔާ ކުރުމުގެ ނަމުގައި މީހުންނަށް ފަންޑިތަ ހަދާ މައްސަލަތައް އެތައް ފަހަރަކު މީގެ ކުރިން ފެންމަތިވެފައި ވެއެވެ.

އަދި ރުގުޔާ ކުރުމުގެ ނަމުގައި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަވެސް ފެންމަތިވެފައި ވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން