ދިވެހި ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެުއެޗްއޯ)އިން ކަނޑައަޅައިފި އެވެ.

އެގޮތަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ހެޕަޓައިޓިސް ބީ ވެކްސިން ދިނުމުގެ ޕްރޮގްްރާމް ކުރިއަށް ގެންގޮސްފައިވުމާއެކު ގިނަ ބަޔަކު އެ ވެކްސިން ޖަހާފައިވާތީ ކަަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެގޮތަށް ކަނޑައެޅީ އެންމެ ފަހުން ކުރި ސާވޭއިން ވެސް އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިންގެ ގައިން އެ ވައިރަސްގެ އަސަރު ފެނިފައިނުވާތީއާއި ވެސް އެކުގައެވެ.

އޭގެ އިތުރުން ގަވައިދުން މާބަނޑު އަންހެނުން އެ ވައިރަހަށް ސްކްރީން ކުރެވިފައިވާކަން ވެސް ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެެވެ.

ހެޕަޓައިޓިސް ބީ އަކީ ފުރަމޭއަށް ހެޕަޓައިޓިސް ބީ ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ.

އެ ބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ލޭ ނުވަތަ މަނި ފަދަ އެއްޗެއްގެ ޒަރިއްޔާއިން ނެވެ.

އެ ބައްޔަކީ ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ ވަރަށް ނުރައްކާތެރި ބައްޔެއްވެސް މެއެވެ.

ރާއްޖެއާއިއެކު އަވަށްޓެރި ސްރީލަންކާއަކީ ވެސް ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މިއަދު ވަނީ އިއުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން