ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމަށް ކުރާ މަސައްކަތް ހުއްޓުވައި ބިރުދެއްކުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކުޑަވެސް ދުލެއް ދިނުމެއް ނެތްކަމުގައި އިދިކޮޅު ކޯލިޝަންގެ މެމްބަރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން 26 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާއާއި ގުޅިގެން ބައެއް މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާތީ އެކަމަށް ރައްދު ދެއްވައި ރޭ ބޭއްވި އިކޮޅު ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މުޒާހަރާތައް ކުރަނީ ސަރުކާރާއި އިދިކޮޅު ޕާޓީއަކުން ނޫންކަމަށެވެ. މުޒާހަރާކުރަމުންދަނީ ދިވެހި ރައްޔިތުންކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން ނިކުންނަނީ، ރައްޔިތުންނަށް އުޅެވޭނެ ގޮތެއް ނެތިގެން. ކާންބޯން ބޭނުންވާ ތަކެތި ނުލިބި، ފެންބިލާއި ކަރަންޓު ބިލު ނުދެއްކިގެން. ރައްޔިތުން އަޑުއުފުލަން ނިކުތުމުން އަޅުގަނޑުމެން އެތަނަށް ނިކުންނާނެ. މިއީ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރާ ޕާޓީއެއް. ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް މިވިސްނުމެެއް ބަދަލެއް ނުވާނެ. ބިރު ގަންނަވަން މަސައްކަތް ކުރާނެ ކަމެއްނެތް." ޝިޔާމް ވިދާޅުވިއެވެ.
ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހޯއްދަވާފައިވާކަމަށް ވިދާޅުވާ 28 ބިލިޔަން ރުފިޔާއަށް ކުރެއްވި ކަމެއް ސާފުކޮށް ދެއްވުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. ރާއްޖޭގެ އެތަަކެއް ޒުވާނުން ވަޒީފާއިން ވަކިކޮށް، މަސްވެރިން ބާނާ މަހަށް ލާރިކޮޅެއް ނުލިބި، މަތީ ތައުލީމު ހާސިލްކުރާ ކުދިންނަށް ފައިސާނެތި ފުރާނެ ގޮތެއް ނެތިފައިތިބިއިރު ހޯދި ފައިސާތަކުން ކުރާކަމެއް ސާފުވާންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން 5 އަހަރު ދުވަހުން ހޯދި ފައިސާ މިސަރުކާރުން އެއް އަހަރުގެ ތެރޭގައި ހޯދާފައިވާކަމަށް ޝާހިދު މަޖިލީހުގައި ވިދާޅުވި ވިދާޅުވުމަށްވެސް ޝިޔާމްވަނީ ރައްދު ދެއްވާފައެވެ. މިހާބައިވަރު ފައިސާ ހޯދިއިރު، ތަރައްޤީގެ ކަމެއް، ރައްޔިތުންނަށް ފަސޭހަވާނެކަމެއްވެސް ނުފެނުމަކީ ކަންބޮޑުވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެމްޑީޕީންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ 28 ބިލިޔަން ރުފިޔާ ހޯދައިފައިވާކަމަށް. ނަމަވެސް މިއަދު ފެންނަނީ ޒުވާނުން ވަޒީފާތަކުން ވަކިކުރާތަން. މަސްވެރިން ކިރާލާ މަހަށް ލާރި ނުލިބޭތަން. މަތީތައުލީމް ހާސިލްކުރަން ބޭނުންވާކުދިންނަށް ނުފުރިތިބިތަން. ރައީސް ޔާމީން 5 އަހަރުން ހޯދި ފައިސާ އެއް އަހަރުން ހޯދިކަމަށް އަބްދުﷲ ޝާހިދު ވިދާޅުވީ، އެފައިސާއަށް ހެދިގޮތެއް އަގެންޖެހޭ." ޝިޔާމް ވިދާޅުވިއެވެ.
އިޤްތިސާދީގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ދުވަސްތަކުގައި ރައްޔިތުންނަށް ފަސޭހަވާނެ ކަމެއް މިސަރުކާރަށް ނުކޮށްދެވުނު ތަނުގައި ޤައުމަށްވެސް ރަނގަޅު ކަމެއް ކޮށްދެވިފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު