ބޭރު މަގުގައި ހުންނަ ސްޓެލްކޯ ފިއުލް ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ފަޅުތެރެއަށް ކަމަށެވެ. ސްޓެލްކޯއިން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަބްދުﷲ ޒިޔާދެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ އެކުންފުނިން ފިއުލް ޕަމްޕް ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވަނީ ވަރަށް ގިނަ ޢާންމުން އެކަމަށް އެދިފައިވާތީ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ހުރި ހާބަރ ބޭސިން ތަޅާލައި، 29 މީޓަރުގެ އެއްގަމު ތޮށިލުމާއި 103 އަކަމީޓަރުގެ ސަރަހައްދެއްގެ ބެކްފިލިންގ ލުމާއި، 50.44 އަކަމީޓަރުގެ ޕޭވިންގ މަސައްކަތާއި، 2 މޫރިންގ ބޮލާރޑްސް ހަރުކުރުމުގެ އިތުރުން އައު ޕަމްޕް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސްޓެލްކޯގެ ބަޖެޓުން ޚަރަދުކުރުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުއަކީ 7.14 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން