މާމުއި ހަނދުވަރުގެ ރޭތައް ނިމިއްޖެކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ މޭޔަރެއް އިންތިހާބުވެފައިވަނިކޮށް، މޭޔަރު ހުވާ ކުރުމުގެ ކުރިއަށް އެ ސިޓީގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުގެ މިނިސްޓްރީއަކާއި ހަވާލު ކުރުމަށް އެ ކައުންސިލްގެ ބައްދަލުވުމަކުން ނިންމުމާއި ގުޅިގެނެވެ.

އެ ނިންމުމާއި ގުޅިގެން ނުސީދާ ގޮތެއްގައި ސަރުކާރަށް ވާޑުވިދާޅުވަމުން ފައްޔާޒު މިއަދު ވިދާޅުވީ، މާމުއި ހަނދުވަރުގެ ދުވަސްތައް ނިމިއްޖެ ކަމަށާއި އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރު ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމަށެވެ.

އަދި ﷲގެ ވާގިފުޅާއެކު އެ މަސައްކަތް ކާމިޔާބު ކުރާނެކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު މިފަދަ ބަހުގެ ހަމަލާއެއް ސަރުކާރަށާ ދީފައިވާއިރު، މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ސިޓީ ކައުންސިލްގެ ނިންމުން ބާތިލު ކުރުމަށް ގޮވާލައްވާފައެވެ. އަދި އެއީ ސަރުކާރުގެ ވަޒީރުން އިސްވެ ތިބެ ކައުންސިލްގެ މަޝްރޫއުތައް އަތުލަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން