ފޮޓޯ: ދައުރު
ފޮޓޯ: ދައުރު
ސަރުކާރުގެ މި ދައުރު ނިމޭއިރު އޮޕަރޭޝަންތަކުގައި ރައްޔިތުންގާތަށް ގޮސް މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް ބޮޑީވޯން ކެމެރާ ލިބޭނެކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ، ދިވެހި ދައުލަތުގެ ބަޖެޓު ތަންދޭ މިންވަރަކުން ފުލުހުންގެ ވަސީލަތްތައް ތަރައްގީކޮށް ޒަމާނީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މި ފަސްއަހަރު ނިމޭއިރު އެކިއެކި އޮޕަރޭޝަންތަކުގައި ރައްޔިތުންނާއި ދިމާވާގޮތަށް މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް ބޮޑީވޯން ކެމެރާ ލިބޭނެ ކަމަށާއި އޭގެ ބޭނުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތި ކުރުން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ބޮޑީވޯން ކެމެރާއަކީ މިހާރު ވެސް ފުލުހުން ބޭނުންކުރަން ފަށާފައިވާ ވަސީލަތެކެވެ. ނަމަވެސް، އެ ކެމެރާ މިވަގުތު ބޭނުންކުރަމުން ދަނީ ފުލުހުންގެ މަދު ބައެކެވެ.

މިރޭގެ ޕްރޮގްރާމްގައި މިނިސްޓަރ އިހުސާންވަނީ ފުލުހުންގެ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން ފުލުހުންގެ ތައުލީމީ ގާބިލުކަން އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަ ކުރައްވާފައެވެ.

އެ މަސައްކަތުގެ ތެރެއިން، އިންޓެލިޖެންސްގައި މަސައްކަތް ކުރާ ފުލުހުންނަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ފުލުހުންނަށް ހެދުމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ މާރޗް 22 ގެ ކުރިން އެފަދަ ހުރިހާ ފުލުހުން ޑިޕްލޮމާ ފެންވަރަށް ގެނެސް ނިމޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން