ހުޅުމާލެއާއި މާލޭގައި ވެސް އިތުރު ވަގުފު މިސްކިތްތަކެއް އިމާރާތް ކުރަން ފުރުސަތު ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް މިއަދު ވިދާޅުވީ، އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތް، އަދި މާލޭގައި ތިންބުރީގެ މިސްކިތެއް އިމާރާތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ފަރާތްތަކަށް އެ މިސްކިތްތައް އިމާރާތް ކުރުމުގެ ފުރުސަތު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވި އެ ފުރުސަތު ލިބިގެން ދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭ ނިމޭނެކަމަށެވެ.

މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ. ޝަހީމްވަނީ ވަގުފުގެ ގޮތުގައި މިސްކިތް ބިނާ ކުރުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން