ނިމިދިޔަ ސަރުކާރުން ބިނާ ކުރަމުންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓާއި ގިޅިގެން އޭސީސީން ކުރަމުންދާ ތަހުގީގު އަވަސްކޮށް، އެ ފްލެޓްތައް އަވަހަށް ހަވާލުކުރުމަކީ ރައްޔިތުންގެ އާދޭހެއް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ އެމައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިންމާފައިވާ ކަމަށް އޭސީސީއިން ބުނުމާއި ގުޅިގެންނެވެ.



"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލެއް ވިދާޅުވީ އެކަމުގެ ތަހުގީގުގެ ބޮޑު ބައެއް ނިންމިފައިވާ ކަމަށާއި ވަރަށް އަވަހަށް މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން ތަހުގީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށްގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފުކޮށް ބަޔާންތައް ނަގަމުންދާ ކަަމަށްވެސް އޭސީސީން ހާމަކުރިއެވެ. އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ހައުސިންގ މިނިސްޓްރީން ވަނީ އޭސީސީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސްވެސް ދީފައެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން ވަނީ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލަފައެވެ. އެހެން ނަމަވެސް، އެލިސްޓަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން އޭސީސީން ވަނީ އެމަސައްކަތް ހުއްޓާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރ 16 ގައި އަންގާފައެވެ.

އޭސީސީން އެގޮަތަށް ކަންތައް ކުރުމުން އެކޮމިޝަންގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށްވެސް ހާޒިރުކޮށްފައެވެ. އޭސީސީން ބުނީ ފްލެޓް ހަވާލުކުރުމުގައި ޝަރުތު ހަމަނުވާ ފަރާތްތަކަަށް ހައްޤު ނޫން ޕޮއިންޓް ދީފައިވާ ކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން