ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މޮނީޓާ ކުރަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަަތު ބައިނަލްއަގުވާމީ ފަރާތްތަކަަށާއި ޖަމިއްޔާތަކަށް ހުޅުވާލައިފި އެވެ.

އެޕްލިކޭޝަން ހުށަހެޅޭނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެކަމަށް ހެދި ހުށަހެޅެނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި އެ ފަރާތްތަކުން ރާއްޖޭގެ އިލެކްޝަންސްގެ ގާނޫނުތަކަށް ވެސް ތަބާވާން ޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ އެއްވެސް ކެންޑިޑޭޓަކަށް ކެމްޕޭންކޮށްދޭ ބޭފުޅަކަށް މޮނިޓަރުން ވެގެން ނުވާނެ ކަމަށް ވެސް އީސީން ބުނެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު މޮނީޓާ ކުރަން ބައިނަލްއަގުވާމީ 165 ފަރާތަކަށް ފުރުސަތު ދީފައި ވެއެވެ. އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ މާޗު 17 އިގަ އެވެ.

މި ފަހަރުގެ އިންތިހާބުގައި އިތުރު ހަ ދާއިރާއަކަށް މެމްބަރުން ހޮވާނެ އެވެ. އެއާއެކު މިފަހަރުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން ހޮވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން