ހއ.ކެލާއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ކެލާއިން ޕޮޒިޓިވްވި މީހާއަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފިރިހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުންނެވެ. އެގޮތުން ފުރަތަމަ ޓެސްޓް ނެގެޓިވްވެފައިވީ، ނަމަވެސް ޕޮޒިޓިވްވީ ދެވަނަ ސާމްޕަލްކަމަށް ކައުންސިލުންބުނެއެވެ. އޭނާ ޕޮޒިޓިވްވުމުން އޭނާއާއި ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ދަނީ ކުރަމުންނެވެ.

ހއ.ކެލާއިން މީހަކު އިއްޔެ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެވަނީ ރ. އިނގުރައިދޫ މީހަކުވެސް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ބ.އަތޮޅު ފިނޮޅުގައި މަސައްކަތްކުރާ 4 ބިދޭސީއަކުވެސް އިއްޔެ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން