މި ސަރުކާުރުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު ފުލުހުންގެ ސްޓެރެޓަޖީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެންމެ އެދޭ ގޮތަށް އެ ރައްޔިތުންނާ ގާތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރައްވާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވި އެވެ.

އެގޮތުން ފުލުހުންނަށް ދޭ ތަމްރީންތައް އިތުރުކޮށް ހިދުމަތް އަވަސް ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވި އެވެ.

އިިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ގާއިމު ނުކުރެވި އޮތް 50 ވަރަކަށް ރަށް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ހަފްތާ 14އިގެ ޕްލޭންގެ ދަށުން 19 ރަށެއްގައި ފުލުހުންގެ ހިދުމަތް ފައްޓަން ކަނޑައަޅައި އޭގެ ތެރެއިން މިހާތަނަށް ހަ ރަށެއްގައި ވަނީ ފުލުހުންގެ ހިދުމަތް ފައްޓާފައި. އޭގެ އިތުރަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަތަރު ރަށާއެކު ޖުމްލަ 10 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރާނަން އަންނަ ހަފްތާގެ ނިޔަލަށް." އިހުސާން ވިދާޅުވި އެވެ.

"މި ހިނގާ ފަސް އަހަރު ނިމިގެންދާ އިރު ދިވެހި ފުލުހުންގެ ހިދުމަތް ކައިރިން ނުލިބޭ ދިވެހި އެއްވެސް ރައްޔިތަކު އެއްވެސް ރަށެއްގައި ނޫޅޭނެ. އެހެންވީމާ އަޅުގަނޑުމެން ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކުރާނަން." އިހުސާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަބްދުﷲ ނަޞީރު.

27-Jan-2024

ދިވެހި ކޮންމެ ރައްޔިތަކީ ފުލުހެއް ކަމުގައި ހެދިޔަސް އެފުލުސް މީހާޔާ މިގައުމުގައި އުޅޭ ކޮންމެ މީހަކު ގާނޫނުގެ ރަތްރޮނގު ހުރަސް ކުރުމުން އެކަމަކަށް ގާނޫނުގައި ނުވަތަ ގަވާއިދުގައި ކަނޑައަޅާ އަދަބު އެމީހާޔާ އަރާ ހަމަޔަށް ވާސިލު ކޮށްދޭނެ ބާރުވެރި ބަޔަކު އަދުލު އިންސާފު ގާއިމު ކުރަން ތިބެގެން ނޫނީ އެއްކަމެއްވެސް ނުކުރެވޭނެ. މަނިކުފާނުވެސް އަޑަށް ބާރުލާފަ ވިދާޅުވަނީ ގަވާއިދާޚިލާފަށް އުޅޭ ބިދޭސީން ފޮނުވާނެކަމަށް ވެރިކަމަށް އައުމަށް ކޮންމެ ބަޔަކު ވާއެއްމެ މަގުބޫލު ވައުދަކީވެސް އެއީ ....ބަހާއަމަލާ ދިމާކުރެވޭތޯ ބެއްލެވުން މާހެޔޮކަންބޮޑު.



ޓްރެންޑިން