ރާއްޖޭގައި މިހާރު ހުރި ހުރިހާ ޖަލުތަކެއް އެއްކޮށްލައި މައި އެއްޖަލު ގާއިމުކުރުމަށް ވިސްނަމުންދާ ކަމަށް ހޯމް މިނިސްޓަރު އިހުސާން އަލީ ވިދާޅުވެއްޖެ އެވެ،

އިހުސާން ވިދާޅުވީ ތަފާތު އެކި ސަރަހައްދުގައި ޖަލުތައް ހެދުމުން ހިދުމަތް ދިނުމާއި ބެލެހެއްޓުމުގައި ވަރަށް ހަރަދު ބޮޑުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ޖަލުގައި ހުންނަ ކޮންމެ މީހަކަށް 21،000 އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެއް މަހަކަށް ކުރަން ޖެހޭ ކަމަށެވެ.،

އެހެންކަމުން މި ވަގަުތު ޖަލުތައް ހިންގެނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެކުގައި އަޅުގަނޑުމެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ ރާއްޖޭގެ ސެންޓްރަލް އެއް ޖަލު ހެދޭނެ އިންތިޒާމެއް، އެކަމާ ބެހޭ ސްޓަޑީއެއް އެބަ ހަދަން. އޭގެ ބޭނުމަކީ އެއް ސަރަހައްދެއްގައި އެއް ތަނެއްގައި އަޅުގަނޑުމެންގެ ފޯކަލް އެއް ދިމާލެއްގައި ބަހައްޓައިގެން އެއް ޖަލުން އަޅުގަނޑުމެން ހިދުމަތް ދިނުން." އިހުސާާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ޖަލު ތެރޭގައި ވަކި ސެކިއުރިޓީ ސަރަހައްދުތަކެއް ގާއިމްކޮށް އަދި އެ ސަރަހައްދުތަކުގެ ތެރޭގައި އަންހެން އަދި ފިރިހެނުންނަށް ވަކިން ތިބެވޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި އެކި ބާވަތްތަކުގެ ކުށަށް ބަލައިގެންވެސް ވަކި ސަރަހައްދުތަކެއް ގާއިމުކުރައްވާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު މައި ޖަލުގެ ގޮތުގައި ބޭނުންކުރަނީ މާފުށީ ގައި ހުންނަ ޖަލ؛ެވެ. އަދި ހިންމަފުއްޓާއި ދޫނިދޫގައި ވެސް ޖަލެއް ހުރެއެވެ.

މާލޭގައި ހުރި ޖަލު ދާދި ފަހުން ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން