އަލަށް އިންތިހާބުވި މާލޭގެ މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާާމްގައި ކޮޅުފައިން ޖަައްސަވާފައި ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

މިމަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ބައި އިލެކްޝަންގައި މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.

އާޒިމް ހޮވިވަޑައިގަތްފަހުން ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ސަރުކާރުގެ މިނިސްޓްރީއެއްގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން އާޒިމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އާޒިމްގެ ވާހަކަތަކަށް ތާއިދު ކުރައްވައި އަލީ ނިޔާޒް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އާ މެޔަރ ހުވާ ކުރުމުގެ އެރަސްމިއްޔާތައް ރައީސް މުއިޒް ވަޑައިގަންނަވަންއުޅުއްވަނީ ލާމަރުކަޒީ ނިޒާމުގައި ކޮޅުފައިން ޖައްސަވާފައި ކަމަށެވެ.

" ރައްޔިތުންގެ ނިންމުމަށް އިޚުތިރާމް ކުރައްވާ." ނިޔާޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން