އަހުޒަމް އަޙްމަދު   18 ޖެނުއަރީ 2024 - 16:53
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަނަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ދީފި އެވެ.

"ރަސް" އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައިި ސީޒަންއަށް އެމްބަސީން ދީފައިވަނީ ފަސްޓް ސެކެޓްރީގެ މަގާމެވެ. މިއީ ވަރަށް މަތީ ލެވެލްގެ މަގާމެކެވެ.

ނަމަވެސް އޭނާ އެ މަގާމު ދިނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.

ސީޒަނަށް މަގާމެއް ދިންއިރު ރިޔާސީ އިންތިހާބުގެ ކުރިން އޭނާ ވަނީ މަޖިލީހަށް ކުރިމަތިލާނެކަން ހާމަކޮށްފަ އެވެ. އެއީ ތުލުސްދޫ ދާއިރާ އަށެވެ.

ނަމަވެސް ބެލެވޭ ގޮތުގައި ދެން އެ ދާއިރައަށް ސީޒަން ކުރިމައްޗެއް ނުލާނެ އެވެ. އަދި ކުރިން މިނިވަން މެމްބަރެއްގެ ގޮތުގައި ތުލުސްދޫ ދާއިރާ ތަމްސީލު ކުރެއްވި އިބްރާހިމް ނަސީމް ވަނީ ޕީއެންސީއާ ވެސް ގުޅިވަޑައިގެންފަަ އެވެ.

ރިޔާސީ ކެމްޕޭންގެ ދުވަސްވަރު ސީޒަން މުއިއްޒުއަށް ކެމްޕޭން ކުރެއްވި އިރު މުއިއްޒު ވަނީ ފިލްމީ ދާއިރާގެ ކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ސީޒަން ލަންކާގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އޭނާ ލަންކާގައި ފިލްމާ ލަވައުފެއްދުމުގެ މަސައްކަތް ވެސް ކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން