ރައީސް ސޯލިހް ވެރިކަމަށް ގެނައި ކޯލިޝަން އޮތީ ބަނޑުދަމާލާފައި ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
"އައިއެސް އާއި ހަރުކަށި ފިކުރުގެ ވާހަކަ ވިއްކައިގެން ރިސޯޓްތައް ފުރޭނެތަ؟ މި ސުރުޚީގެ ދަށުން "ރަސްއޮންލައިން"ގައި މިއަދު ޝާއިއު ކުރި ރިޕޯޓެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ މެންޓޭޑަކާއެކު އާ ސަރުކާރެއް ވެރިކަމަށް އައިސްގެން ނޫނީ ގައުމަށް ދިމާވެފައިވާ މާޔޫސް ކަމުން އަރައިގަނެވޭނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.
"ސަރުކާރު ގެނައި ކޯލިޝަން މިހާރު އޮތީ ބަނޑު ދަމާލާފައި." މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވިއެވެ.
މިއަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވެރިކަން ކުރާ އެމްޑީޕީ އަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގައި އޮންނަ ޑިމޮކްރަސީގެ ހާލަތު އުތުރު ކޮރެއާއަށްވުރެ ގޯސް ކަމަށް ސައީދު ވަނީ ސިފަކުރައްވާފައެވެ.
"އެއަށް ވުރެވެސް ގޯސް، ކަމަކާއި ޖެހުނީމަ މިފެންނަނީ ދިޔަވާތަން. އެއްވެ އުޅުމާއި އަޑުއުފުލުން ވެސް ގޯސްވީތޯ މިހާރު؟ ހަޖަމު؟" ސައީދު ވިދާޅުވިއެވެ. ސައީދު އެހެން ވިދާޅުވީ އިދިކޮޅު ކޯލިޝަން އިން ބޭއްވި މުޒާހަރާގައި ލީޑް ކުރެއްވި ބައެއް ބޭފުޅުން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރާތީ އެކަމަށް އިޝާރަތްކުރައްވަމުންނެވެ.
ކޯލިޝަން އޮތީ ބަނޑުދަމާލާފައިކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ސިފަކުރެއްވީ އަދާލަތާއި ޖުމުހޫރީ ޕާޓީއާއި އެމްއާރުއެމްގެ ތާއިދާ އެކު ސަރުކާރު ވެރިކަމަށް ގެނައުމަށްފަހު މި ސަރުކާރު ދަމަހައްޓައި ޕްރޮމޯޓްކުރަން މަސައްކަތް ނުކުރާތީ ކަމަށް ބެލެވެއެވެ.
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވި މެސެޖުގައިވެސް އެންމެ މުހިންމު ކަމެއް ދެއްވައިގެން ސަމާލުކަމަށް ގެންނަވާފައިވަނީ ރާއްޖޭގައި އައިއެސްގެ ބާރުތައް ހަރަކާތްތެރިވާކަމުގެ ވާހަކައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓި އިގުތިޞާދު ފުނފުނޑުވެފައިވާ ދަނޑިވަޅެއްގައި އެސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމުގައި މި ޚަބަރުތަކާ ގުޅިގެން ޚިޔާލުފާޅުކޮށްފައިވާ އާންމުން ބުނެފައިވެއެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމާއި ދިމާކޮށް އައިއެސް އާއި ހައްދު ފަހަނަ އަޅާފައިވާ ފިކުރު ނުރައްކާތެރި މިންވަރަކަށް އޮތް ކަމަށް ވިދާޅުވެ ރާއްޖެ އަކީ ބިރުވެރި މަންޒިލެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

Aa mandate akaai eku sarukaareh aisgen noonee gaumah dhimaavefaivaa maayoos kamun araiganeveyne kamakah rayyithun gabooleh nukurey. Sarukaaru genai coalition othee mihaaru bandudhamaalaafai. https://t.co/FwkPGaNGPl
— Mohamed Saeed (@em_saeed) July 28, 2020
މިއަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވެރިކަން ކުރާ އެމްޑީޕީ އަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގައި އޮންނަ ޑިމޮކްރަސީގެ ހާލަތު އުތުރު ކޮރެއާއަށްވުރެ ގޯސް ކަމަށް ސައީދު ވަނީ ސިފަކުރައްވާފައެވެ.
"އެއަށް ވުރެވެސް ގޯސް، ކަމަކާއި ޖެހުނީމަ މިފެންނަނީ ދިޔަވާތަން. އެއްވެ އުޅުމާއި އަޑުއުފުލުން ވެސް ގޯސްވީތޯ މިހާރު؟ ހަޖަމު؟" ސައީދު ވިދާޅުވިއެވެ. ސައީދު އެހެން ވިދާޅުވީ އިދިކޮޅު ކޯލިޝަން އިން ބޭއްވި މުޒާހަރާގައި ލީޑް ކުރެއްވި ބައެއް ބޭފުޅުން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރާތީ އެކަމަށް އިޝާރަތްކުރައްވަމުންނެވެ.
ކޯލިޝަން އޮތީ ބަނޑުދަމާލާފައިކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ސިފަކުރެއްވީ އަދާލަތާއި ޖުމުހޫރީ ޕާޓީއާއި އެމްއާރުއެމްގެ ތާއިދާ އެކު ސަރުކާރު ވެރިކަމަށް ގެނައުމަށްފަހު މި ސަރުކާރު ދަމަހައްޓައި ޕްރޮމޯޓްކުރަން މަސައްކަތް ނުކުރާތީ ކަމަށް ބެލެވެއެވެ.
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވި މެސެޖުގައިވެސް އެންމެ މުހިންމު ކަމެއް ދެއްވައިގެން ސަމާލުކަމަށް ގެންނަވާފައިވަނީ ރާއްޖޭގައި އައިއެސްގެ ބާރުތައް ހަރަކާތްތެރިވާކަމުގެ ވާހަކައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓި އިގުތިޞާދު ފުނފުނޑުވެފައިވާ ދަނޑިވަޅެއްގައި އެސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމުގައި މި ޚަބަރުތަކާ ގުޅިގެން ޚިޔާލުފާޅުކޮށްފައިވާ އާންމުން ބުނެފައިވެއެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމާއި ދިމާކޮށް އައިއެސް އާއި ހައްދު ފަހަނަ އަޅާފައިވާ ފިކުރު ނުރައްކާތެރި މިންވަރަކަށް އޮތް ކަމަށް ވިދާޅުވެ ރާއްޖެ އަކީ ބިރުވެރި މަންޒިލެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު