އިންޑިއާއަކީ ރަހުމަތްތެރިއެއް ކަމަށާއި ރާއްޖެއިން އަބަދުވެސް އިންޑިއާއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅު ރައީސް ނަޝީދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރާއްޖެއަށް އަމިއްލަ ވެރިކަމެއް އެތައް ޒަމާނެއް ވަންދެން ކުރެވުނީ ރާއްޖެއިން ގެންގުޅުނު ވިސްނުންތެރި އަދި ސްޓެރެޓެޖިކް ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި އެއީ ކޮންމެހެން މާ ބާރުގަދަވެގެން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ވެރިން ވިސްނުންތެރިކަން ނުބަހައްޓައި މޭ ފުއްޕާލައިގެން އުޅެންވެއްޖެ ނަމަ އޭގެ ގެއްލުން ރާއްޖެއަށް ފޯރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާއަކީ އަވައްޓެރިއެއް. ރަހުމަތްތެރިއެއް، ރާއްޖެއިން އަބަދުވެސް އިންޑިއާއަށް އިހުތިރާމް ކުރަން ޖެހޭނެ." ރައީސް ނަޥީދު ވިދާޅުވި އެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވީ ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ނެވެ. އެ މައްސަލައިގައި ތިން ޑެޕިއުޓީ މިނިސްޓަރުން

ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން