މާލެ އަތޮޅު ވެލައްސަރު ރިޒޯޓު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު އޮޔާދާތަން ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮތް މީހަކު ފެނިގެން ހެނދުނު 9:11 ހާއިރު އެމުއައްސަސާއަށް ރިޕޯޓެއް ލިބުނު ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ކަނޑުމަތިން ފެނިފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތީ މަރުވި މީހާއަކީ ކޮން ރިޒޯޓެއްގެ މުވައްޒަފެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން