ވޯޓިންގ ޓާންއައުޓް މަދުވެދާނެތީ ރައްޔިތުން މަޖުލީހުގެ އިންތިހާބު ރޯދަ މަހުގައި ނުބޭއްވުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް އުފެއްދަވަން މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ވެސް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާނެ ކަމަށް ކުރީގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ޕީއެންއެފްގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހް ވިދާޅުވީ އެޕާޓީން އީސީގައި މިގޮތަށް އެދުނީ ރޯދަ މަހުގައި އިންތިޚާބު ބާއްވައިފިނަމަ ވޯޓްލާން ދާ މީހުންގެ ނިސްބަތް ދަށްވުމުގެ ފުރުޞަތު ބޮޑުވާނެތީ ކަމަށެވެ. އަދި އިންތިޚާބު އިންސާފުވެރިކޮށް ކުރިއަށް ނުގެންގޮސްފާނެތީ މަލީހު ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

"އިންތިޚާބު ފަސްކުރުމަށް އެދުނު ސަބަބަކީ ވޯޓިންގ ޓާންއައުޓް މަދުވުން. ދެން އޮތް ކަންބޮޑުވުމަކީ (ރޯދަ މަހުގައި) ވޯޓު ގުނާ ވަގުތަކީ ރޯދަ ވީއްލާ ވަގުތަށް ވީމަ، އޭގެ ތެރޭގައި ނޭދެވޭ ނުފޫޒުތަކެއް، ނޭދެވޭ ކަންތައްތަކެއް ހިނގާފާނެކަމުގެ ބިރު އޮތުމާއި އެންމެ އިންސާފުވެރިކޮށް އެކަން ނުދާނެތީ." މަލީހު ވިދާޅުވިއެވެ.

މިއަދުގެ ވަގުތެއްގައި ޔާމީން ޕާޓީގެ މެންބަރުންތަކެއް ވަނީ އީސީއަށް ވަޑައިގެން، 2 ކަމަކަށް އެދިފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ރޯދަމަސް ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަރަށް ގިނަ މީހުންވެސް ނުރެހޭކަން ހާމަކޮށްފައި ވެއެވެ.

އެހެންކަމުން ރޯދަ މަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް އެޕާޓީން ވަނީ އެދިފައެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޕީއެންއެފް ނަމުގައި ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަން ހާމަވާތީ އެކަން ކޮށްދެއްވުމަށް ވެސް އެދިފައި ވެއެވެ.

މަލީހު ވިދާޅުވީ ޕީއެންއެފްގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން އީސީން މަޝްވަރާކުރުމަށްފަހު ޕާޓީއަށް ވަކި ގޮތެއް އަންގާނެ ކަމަށެވެ. 3000 މީހުން ހަމަނުވާ ޕާޓީތަކުންވެސް އިންތިޚާބުތަކުގައި ވާދަކުރުމުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށް މަލީހު ވިދާޅުވިއެވެ.

މީގެއިތުރުން، ޕީއެންއެފުން އެދުނު ގޮތަށް އީސީ ޕޯޓަލްގެ އެކްސެސް ޕީއެންއެފްއަށް ދޭން ނިންމައިފައިވާ ކަމަށާއި އެކަކަށްވުރެ ގިނަ މީހުން މުއައްސިސުންގެ ގޮތުގައި ސިޔާސީ ޕާޓީ ހަދަން ހުއްދަ ދޭން އީސީއިން ނިންމައިފައިވާ ކަަމަށްވެސް މަލީހު ހާމަކުރެއްވިއެވެ.

"އެދެ ކަންތައް އެއީ ޕޮޒިޓިވް ކުރިއެރުންތަކެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ." މަލީހު ވިދާޅުވިއެވެ.



މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މާޗު މަހުގެ 17ގައެވެ. ރޯދަމަހުގެ ފަހުން އިންތިޚާބު ބޭއްވުމަަށް އިދިކޮޅު އެމްޑީޕީންވެސް އީސީއަށް ފޮނުވި ސިޓީއެއްގައި އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން