ރަސްމާދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ރ.އަތޮޅު ރަސްމާދޫ ބަނދަރުގެ މަސައްކަތް ފެއްޓުމަށްޓަކައި ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އަމަލީ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ފެށުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
މިމަޝްރޫޢުއުގެ މަސައްކަތް ފެއްޓުމަށްޓަކައި، އީއައިއޭގެ ހުއްދަ ލިބިފައިވަނީ 2016 ވަނަ އަހަރުގައެވެ. 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ފަށާ މިމަޝްރޫޢުއަކީ ރަސްމާދޫގެ ރައްޔިތުން ވަރަށްބޮޑަށް އުންމީދުކޮށްގެން ތިބި މަޝްރޫޢުއެކެވެ.
"ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި 26 ޖުލައި 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި. މި މަޝްރޫޢަށް ބޭނުަންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ 16 ޖުލައި 2020ގައި. މި މަޝްރޫޢުއަށް 18.7 މިލިއަން ހަރަދުވާނެކަމަށް ލަފާކުރެވޭ." އެމްޓީސީސީން ބުނެފައި ވެއެވެ.
ކޯވިޑް19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އިޢުލާންކޮށް ކުރެވެން އޮތް މަސައްކަތެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު