ނޭޕާލާއި ދިވެހިރާއްޖެއާދެމެދު އޮތް ގުޅުން ވަރުުގަދަކުރުމަށް ދެ ގައުމުގެ ފޮރިން މިނިސްޓްރަން މިއަދު މަޝްވަރާ ކުރައްވައިިފި އެވެ.

ނޭޕާލްގެ ފޮރިން އެފެއާޒް މިނިސްޓަރ، ނަރަޔަން ޕްރަކާޝް ސައުދާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޔުގަންޑާގެ ކަމްޕާލާގައި ބައްދަލުކުރައްވާ މިފަފަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ޒަމީރް ވަނީ ވިދާޅުވެފަ އެވެ.

ޒަމީރު ވިދާޅުވިގޮތުގައި މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ކަމްޕާލާގައި އޮތް ނޮން އެލައިންޑް މޫވްމަންޓްގެ މިނިސްޓްރީ ބައްދަލުވުމުގެ ހަވާސާގައި ކަމަށެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާތަކެއް ކުރެވުނުކަމަށާއި ރާއްޖެއާއި ނޭޕާލާއެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަތައް ދެކެވުނު ކަމަށެވެ. މީގެ އިތުރުންވެސް ދެ ގައުމު ދެމެދު ސަގާފީ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

މިއަދަކީ މީ ނޮން އެލައިޑް މޫވްމެންޓުން ޔުގަންޑާގައި ބާއްވާ 19ވަނަ ސަމިޓްގެ ތިންވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން