ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތް ކުރައްވާ އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވީ، މި މަޝްރޫއު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އެ މަޝްރޫއުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްދާނީ ގއ. އަތޮޅުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ މަގުސަދަކީ، ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަހުލާގީ އަދި ފިގުހީ މައްސަލަތަކަށް އިމާމުން އަހުލުވެރި ކުރުންކަމަށެވެ.

އަދި ގއ. މި އަހަރު ބާއްވާ އޭގެ ފުރަތަމަ ޕްރޮގްރާމްގައި އެކި ރަށްރަށުން 77 އިމާމުން ބައިވެރިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިމާމުންނާއި ގުޅުންހުރި މި މަޝްރޫއު އިއުލާނު ކޮށްފައިވާއިރު، މާސްޓަރސް ހަދާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ މަޝްރޫއެއް ކުރިއަށް ރޭވިފައިވާކަން އިއުލާނު ކޮށްފައެވެ.

ރާއްޖޭގައި 800 އެއްހާ އިމާމުން ތިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން