ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި އައިޑީ ކާޑްގެ މައުލޫމާތު ބަދަލުކުރަން އެދޭ 18 އަހަރުން މަތީގެ ދިވެހިން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އަށް އައިޑީ ކާޑް އާކުރަން ހުށަހެޅުމަށް މުއްދަތެއް ދީފިއެވެ.

ޑީއެންއާރުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި، 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ ކާޑު އާކުރަން އެދި މި މަހުގެ 21 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުން ލަސްނުކޮށް ކާޑު ހެދުމަށް ހުށަހެޅުމަށާއި، މިމަހުގެ 22 ގެ ފަހުން އެފަދަ ފަރާތްތަކަށް ކާޑު ހަދައިދެވޭނީ، މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވެވުނު ނަމަވެސް، އިއުތިރާޒެއް ނެތް ގޮތަށް ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުކޮށް ކާޑު ހަދައިދެމުން ދާނެކަމަށް ވެސް ޑީއެންއާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން