ފޭސް 2 ގައި އަމިއްލަ ފަރާތްތެއްގެ ހަރަދުގައި އަޅަމުންދާ 1500 މީހުންގެ ޖާގައިގެ މިސްކިތް ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ ޝަހީމް މިގޮތަށް ވިދާޅުވީ ފޭސް ދެއެއްގައި ހަދަމުންދާ މިސްކިތްތައް ބައްލަވާލެއްވުމަށް އިއްޔެ ކުރެއްވި ޒިޔާރަތަށްފަހު މައުލޫމާތު ހިއްސާކުރައްވަމުންނެވެ. ޝަހީމް ވިދާޅުވީ ހުޅުމާލޭގައި އަޅަމުންދާ މިސްކިތްތަކުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.



ފޭސް ދޭއްގައި އަމިއްލަ ފަރާތްތަކެއްގެ އިސްނެންގެވުމުގެ މަތިން 5 މިސްކިތެއް އަޅަމުންދާއިރު އޭގެ ތެރެއިން 1500 މީހުންގެ ޖާގައިގެ މިސްކިތް އަންނަ ރޯދަމަހުގެ ނިޔަަލަށް ނިންމާލެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ދެން ހުރި މިސްކިތްތައް ގިނަވެގެން 2 އަހަރު ތެރޭގައި ނިންމާލެވޭނެ ކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ ފޭސް 2ގެ މިސްކިތްތައް ވީ އެންމެ އަވަހަކަށް ހުޅުވިގެންދިއުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއް އަމާޒު ކަމަށެވެ.

"ފޭސް 2ގެ މިސްކިތްތައް ނިމޭއިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަކަށް." ޝަހީމް ވިދާޅުވިއެވެ.

ފޭސް 2 ގައި 1500 މީހުންގެ ޖާގައިގެ މިސްކިތަކާއި 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 2800 މީހުންގެ ޖާގައިގެ މިސްކިތެއް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ފޭސް 2 ގައި ބިނާކުރާ މިސްކިތްތަކަށް ޢައްޔަންކުރާނީ އެ ސަރަހައްދުގައި ދިިރިއުޅޭ އިމާމުން ކަމަށާއި އިމާމުން ޢައްޔަންކުރުމުގައި ހާފިޒުންނަށް އިސްކަންދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން