އުއްތަމަ ފަނޑިޔާރު މުއުތަސިމް ރައީސް ޑރ. މުއިއްޒުއާައެކު--
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރައީސް ޑރ. މުއިއްޒުއާައެކު--
މާލޭގައި ޖިނާއީ ޝަރީއަތްތައް ވަނީ ހުއްޓިފައި ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޖުޑީޝިއަލް އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން ފާއިތުވި އަހަރަކީ ވެސް ޝަރުއީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ ހީނަރުވެ ޖާގައިގެ ދަތިކަމާ

ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ.

އެގޮތުން ނިމިގެން ދިޔަ އަހަރު ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތަކެއްޗާއި ވަސީލަތްތަތަކަށް ގިނަގުނަ ގެއްލުންތަކެއް ވެފައިވާ ކަމަށް އެއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ފެމިލ؛ީ ކޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކޯޓަށް ޒިޔާރަތްކޮށް ލިބުނު ގެއްލުންތައް ވަޒަންކޮށް އަވަސް ހައްލެއް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވިން އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެއްވުމަށް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ކޯޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެކަންކަން ހައްލުކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް 853 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާ ކަމަށެވެ. އެހެންވެ އެ ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މިކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި އޭގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް. މިހާރުވެސް ޖިނާއީ އަދުލުގެ ނިޒާމް ތެެރެއިން ކޯޓުން ކޮންމެހެން ނެރެން ޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރުކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަ ކުރަން. ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން