ޝަރުއީ ހުކުމްތަކާއެކު ގާނޫނުތަކުގައި ހުރި ބާގަނޑުތަކެއް މިދިޔަ އަހަރު ފޫބެއްދިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޖުޑީޝިއަލް އަހަރު އިފްތިތާހު ކުރުމަށް ރޭ ބޭޢްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި އަހަރުވެސް ގާނޫނުގައި ހުރި ބާގަނޑުތައް ޝަރުއީ ހުކުމްތަކުން ފޫބައްދައި ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހޯދި މުދާ ހޯދުމަށް ދެމަފިރިން ކުރެ ފަރާތަކުން ދައުވާކޮށްފިނަމަ އެ މުދާތަކާ ގުޅިގެން އެއްބަސްވުމެއް އެކުލަވާލައިފައި ނެތް ނަމަ ވެސް އެ މުދަލެއް ޝަރުއީ ހަމަތަކުގެ މަތިން ދެމަފިރިންނަށް ހަމަހަމައަށް

ނަގައިދެވޭނެކަމަށް ސުޕްރީމް ކޯޓުގެ ގަޟީއާޒަކުން ކަނޑައަޅާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މި ބަދަލަކީ ދެމަފިރިން ވަކިވެގެންދާ ހިނދު ވެސް ދެ ފަރާތުގެ މާލީ ހައްގު ކަށަވަރު ކުރެވިގެންދިޔަ ނިންމުމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ހަމަ އެހެންމެ މަރުގެ މައްސަލަތަކުގައި ޑީއެންއޭ އަކީ އެއަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމާމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމަށް ވެސް ސުޕްރީމް ކޯޓުން ނިމުމެއް ގެނެވިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ޑީއެންއޭ ތަހުލީލަލީ އެ ތަހުލީލުގެ އިލްމާއި ގާބިލުކަން ލިބިފައިވާ ފަރާތްތަކުން އެކުލަވާލައިފައިވާ ސައްހަކަން ކަށަވަރު ތަހުލީލު ރިޕޯޓެއް ނަމަ އެެއީ ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމުގައި މިހާރު ވަނީ ކަނޑައަޅާފައި." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން