ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް ކޮމެންޓްކޮށް އަދި ލައިކް ދީފައިވެސް ނުވާނެކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލީ މުޑުދާރުކޮށް ޖުޑީޝަރީއަށް އަތްބާނައިގެން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި އިދިކޮޅު ހަރަކާތްތަކުގައި މިހާރު އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓަކަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ތާއީދުކޮށްފައިވާކަމަށް ރާއްޖެއެމްވީގައި ލިޔެފައިވާ ޚަބަރު ދޮގުކުރައްވައި ދާއޫދު ވިދަޅުވީ އެފަދަ އެއްވެސް ކަމެއް އޭނާކުރައްވާފައި ނުވާނެކަމަށެވެ.

"ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް އަޅުގަނޑު ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެ. އަޅުގަނޑަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް ޢަމަލެއްކޮށްފައިނުވާނެ. އަޅުގަނޑު ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ޚިލާފުވާނެ ފަދަ އެއްވެސް ޢަމަލެއް އަޅުގަނޑު ނުކުރަން." ދާއޫދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފޮނިވާނެ ކަމަށާއި ހިލާ، ޤައުމު ވިއްކައެއް ނުލެވޭނެ ކަމަށެވެ. ކުރިންވެސް ނިމި ދިޔައީ ގަދަބަސް ބުނަނިކޮށް ކަމަށް ވެސް ޖަމީލު ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިޔާގައި އެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އެކައުންޓްތަކާއި އެއްގޮތް އެކައުންޓްތައް ހަދައިގެން އެމީހުންގެ އަގުވައްޓާލައި ފިތުނަ އުފެއްދުމަށް މިފަދަ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރެއެވެ. އެގޮތުން މަޝްހޫރު ބޭފުޅުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ މީސް މީޑިއާ އެކައުންޓްތަކާއި ވަރަށް އެއްގޮތް އެކައުންޓްތައް ހަދައިގެން އެފަރާތްތަކުގެ ނަމުގައި ޓްވީޓްކޮަށް ރަށްދުނީ ހެދުމަކީ ވަރަށް އާންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން