ވަކި މަގުސަދުތަކެއް ހާސިލުކުރަން ރައްޔިތުންގެ މަޖިލީހުން ހެދި ގާނޫނުތަކުން ބޭނުންވި މަގްސަދު ހާސިލު ނުވާ ކަމަށާއި އަދި، އަދި އޭގެ ސަބަބުން މައްސަލަތައް ފުނި ޖެހެމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޖޫޑީޝިއަލް އަހަރު އިފްތިތާހު ކުރުމަށް ރޭ ބޭޢްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަދަނީ އިޖުރާތުގެ ގާނޫނު އެކުލަވާލައިފައިވާ ގޮތުން ތަންފީޒުކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އެ ގާނޫނުތައް އެކުލަވާލުމުގައި ގާނޫނު ހަދާ މަޖިލީހުން ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލު ނުވެ މައްސަލަތައް ލަސްވެ ފުނިޖެހޭ ގޮތް މިހާރު ދިމާވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަން ޖެހޭ ކަމަށާއި އަދި ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެން ދާނީ އެ ހުރިހާ ގާނޫނުތައް އެކުއެކީގައި މުރާޖާކޮށް އިސްލާހުކުރެވިގެން ކަމުގައި ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ޖުޑީޝިއަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް މުރާޖާ ކުރުމުގެ ބަހުސް ކުރިއަށްދާ މި ދަނޑިވަޅުގައި މިހާރުން މިހާރަށް ބަދަލު ގެންނަން ޖެހޭ އެންމެ މުހިންމު ކަމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން އަދުލް އިންސާފު ގާއިމުކުރުމުގެ އިދާރީ ދާއިރާގެ ނިޒާމް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަރުތީބުކުރުން ކަމުގައި ވެސް އަޅުގަނޑު ދެކެން." އުއްމަތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ ގާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ފަނޑިޔާރުން ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން