ގައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުާބަގައި ބުނީ މުޖުތަމައު އިސްލާހުކޮށް މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ އީމާންކަމުގެ އަގީދާ ވަރުގަދަކޮށް ޣައިބުގައިވާ އެންމެހާ ކަންްތައްތަކަށް ފުރިހަމަ މާނައިގައި

އީމާންވެގެން ކަމަށެވެ.

ހަމަ އެހެންމެ މާތްﷲގެ ހަޟްރަތަށް ރުޖޫއަވެ އެކަލާނގެއާ އިންސާނާއާ ދެމެދު އޮންނަ ގުޅުންވެސް ވަރުގަދަކޮށްގެން ކަމަށެވެ.

ހުތުބާގައި ބުނީ ޖާހިލިއްޔަ ޒަމާނުގައި އަރަބިންނަކީ ރަލާއި ނުލައި ނޫޅެވޭ ވަރަށް އެއަށް އާދަވެފައި ތިބި ބައެއް ކަމަށާއި ނަމަވެސް މާތް ﷲ ހަރާމް ކުރެއްވި ކަންކަން އެންގެވުމުން ވަގުތުން އެބައިމީހުން ރާބުއިމުން ދުރުހެލިވިކަމަށެވެ.

"އެ ދުވަހު މަދީނާގެ މަގުތަކުގައި ރަލުގެ ކޯރުތައް ބެހިގެން ދިޔަ ކަމަށް ސަހީ ހަދީސް ބަސްފުޅުތަކުން ސާބިތުވެ އެވެ. އެ ދުވަހުން އެ ބައި މީހުން ރާ އަޅާފައި ހުރި ތަކެތި މަގުތަކަށް ބަންޑުންކޮށްލީ އެބައިމީހުންގެ ހަރުދަނާ އީމާންކަމުގެ ސަބަބުން ނެވެ. އެބައި މީހުންނަކީ ފުރިހަމަ މާނައިގައި މާތްﷲގެ އަޅުންކަމަށްވެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެގެން ނެވެ. އަދި އެކަލާނގެ ހަޟްތަރުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން ނެވެ." ހުތުބާއި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކޮށް އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް މިއަދު ރާވަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން