އިސްލާމީ މަރުކަޒު-- ފޮޓޯ/ ޑރ. ޝަހީމް
އިސްލާމީ މަރުކަޒު-- ފޮޓޯ/ ޑރ. ޝަހީމް
އިސްލާމީ މަރުކަޒުގެ މަރާމާތަށް ދެ މިލިއަން ރުފިޔާ ހަރުދުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފައި ކަމަށެވެ،

ޝަހީމް ވިދާޅުވީ މަރުކަޒުގެ އެތެރެއަށް ވާރޭވެހޭ ކަމަށާއި މީގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި އުޅެންޖެހެނީ އެތެރޭގެ ގިނަ ތަންތާގައި ބާލިދީ ބަހައްޓައިގެން ކަމަށެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރަން ޓިނުތައް ބަދަލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޓިނުތައް ބަދަލުކުރަން 2 މިލިއަން ޚަރަދުވޭ. އެތަނުގަ ޖަހާ ޓިނު ލިބެނީ ބޭރުން. މަސައްކަތްކުރިއަށް އެބަދޭ." މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

އިސްލާމީ މަރުކަޒަކީ ބޮޑު ހަރަދެއް ކޮށްގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ.

އިސްލާމީ މަރުކަޒު މަރާމާތު ކުރަން ޖެހިފައިވާ އިރު ނިމިގެން ދިޔަ ސަރުކާރުގައި ސަލްމާން މިސްކިތް ވެސް ރަނގަޅަށް މަރާމާތު ނުކުރާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން