ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ އައްޝައިހް އަލީ ޝަރީފް އާއި މުހައްމަދު ޝިހާބެވެ.

ޝިހާބަކީ މި ސަރުކާރާއެކު ކޯލިޝަން ހަދައިގެން އުޅޭ މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ނާއިބު ރައީސް އެވެ.

އަދި ޝެެއިހް އަލީ ޝަރީފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވައިފަ އެވެ.

ދިވެހީން ހައްޖަށް ދިއުމަށް ފަސޭހަ ކުރުމަށް އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހައްޖަށް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

އެގޮތުން ރާއްޖެއަށް ލިބޭ 1000 އެއްހާ ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ވަނީ ނިންމައިފަ އެވެ.

މީގެކުރިން ބައެއް އަމިއްލަ ޖަމާއަތްތަކަށް ކޯޓާ ދިނުމުން ބޮޑެތި މައްސަލަތައް ހައްޖުވެރިންނަށް ކުރިމަތިވެފައި އެބަހުއްޓެވެ. އެގޮތުން ވީޒާގެ މައްސަލައާއި ހައްޖަށް ނުދެވުމުގެ މައްސަލަތައް ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން